ކުރިން ކުރިކަންކަމުގެ ވާހަކަ ދައްކަނީ ކަމުން ރެކޭކަށް ނޫން: ރައީސް

1 month ago

އަފްރާހް

ކުރިން ކުރިކަންކަމުގެ ވާހަކަ ދައްކަނީ ކަމުން ރެކޭކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ޕިއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުން ކުރި ކަންކަމުގެ ވާހަކަ ދައްކަނީ އަދުގެ ސަރުކާރަށް ފާއިތުވެދިޔަ 9 މަހު ކަމެއް ނުކުރެވޭ ކިޔާތީ ނޫން ކަމަށެވެ.


އެވާހަކަ ތާއަބަދަށް ދައްކާނެ ކަމަށާއި އެއީ ރާއްޖޭގައި ދުވަހަކު ވެސް ސަރުކާރަކުން ގައުމެއް ހަލާކުނުކޮށްލާވަރަށް އިގްތިސާދާއި އިސްލާމް ދީނާއި މުޖުތަމައު ހަލާކުކޮށްލިވާހަކަ ތާއަބަދަށް އަންނާންއޮތް ޒަމާތަކަށް ވެސް ދައްކާނެ ރައީސް ވިދާޅުވިއެވެ.


"އެވާހަކަ މުގައްރިރުގަ ވެސް ލިޔާނެ. އެވާހަކަ ލެކްޗަރ ހޯލުތަކުގަ ވެސް ދައްކާނެ. ފޮތްތައް ވެސް ލިޔާނެ." ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން މައުރަޒުތަކުގައި ވެސް ހަދާފަ ބަހައްޓާނެކަމަށާއި އެވާހަކައިން ސަލާމަތެއް ނުވެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ފަސްއަހަރު ދުވަސް މިގައުމު ހަލާކުކޮށްލި ހަލާކުކޮށްލުން ބަދަލެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


މިކުރާ މަސައްކަތް ކާމިޔާބު ކުރައްވައި، އިގްތިސާދު ވަރުގަދަ ކުރައްވާނެ ކަމަށެވެ. އަދި ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބޯހޮޔާވަހިކަން ހޯއްދަވައިދެއްވާނެ ކަަމަށެވެ.


މީގެއިތުރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެމަނިކުފާނު ވައުދުވީ ގޮތަށް ކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު