ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


ރާއްޖޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ރައީސް ވަނީ މީގެ ކުރިންވެސް އެގައުމަށް ވަޑައިގެންފައެވެ.


ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް އެމަނިކުފާނު ވަޑައިގަންނަވަނީ އާލާސްކަންފުޅާ އުޅުއްވާތީކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ އަޑުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ. އަދި ބަޔަކު ޚަބަރެއް ފެތުރިނަމަވެސް އެކަމުގެ ތެދު، ދޮގު ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު