ކެބިނެޓް އެކުލަވާލުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ފެއިލް ވެފަ، ތިބީ މުޖުރިމުން: ރައީސް ޔާމީން

1 month ago

އަފްރާހް

ކެބިނެޓް އެކުލަވާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފެއިލް ވެފައި ކަަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި 'ދަ ފްރަންޓް އޮފީސް' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުން ގަބޫލުކުރާނެ، އިލްމީ ގާބިލް ކެބިނެޓެއް އެކުލަވާލާނެ ކަމަށް ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ.


އެހެންނަމަވެސް މިއަދު އެ ކެބިނަޓަކުން އެ މަންޒަރު ނުފެންނަ ކަމަށާއި އޭގެބަދަލުގައި ފެންނަނީ އެ ކެބިނެޓްގައި ހުސް މުޖުރިމުން ތިބި މަންޒަރުކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.


ކަންމިހެން ހުރިއިރު، ރައްޔިތުންނާ ރައީސް މުއިއްޒު ކުރިމަތިލައްވާނީ ކިހިނަކުންތޯ ވެސް ރައީސް ޔާމީން ސުވާލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަނދަގޮނޑި

ރޔާމީން ދަންޖައްސަން އުޅުނުވާހަކަ އަކީ ތެދެއްކަމްށް ގަބޫލު ކުރެވޭ ގަބޫލު ކުރަންވެސް ޖެހިއްޖެ، އެކަމުގެ ހެކެއްގެގޮތުގާ ހަމަޔަގީނުން ވެއއސް ފެނިގެންދިއައީ ރޔާމީން އިންނެވި ލޯންޗޮކޮޅުގޮވާލިތަން، އަޑއްކިއައިފިއްޔާ ރެނދެއްލާނޭބުނާ އުސޫލުން ތިކަމަކީ ރާވައިގެންއުޅުނު ކަމެއް، ރޔާމީންގެ ފުރާނަފުޅު ދުއްވާލަން ބޭނުންވެގެން އެކަމުގެ އަމަލީސިފަވެސް ގެނެސްފަތާއެ އޮތީ، އެހެނަސް ތަދުބީރުކުރިމަތީގާ ތަޤުދީރު ހީލްހީލާ އަބަދުވެސް އޮންނާނެ. ޙަސްބުނަﷲ ވަނިއުމަލްވަކީލު.

1 month ago