ހަށިވިއްކަމުންދިޔަ 3 އަންހެނުންނާއި އެޖެންޓު ޑީޕޯޓުކޮށްލައިފި

1 month ago

އަފްރާހް

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުންދިޔަ 4 ބިދޭސީން ޑީޕޯޓުކޮށްލައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންނާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު ހައްޔަރުކުރި މީހުން ކަމަށެވެ.


މި މީހުން ހައްޔަރުކުރީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއްގައި ކަަމަށް ވެސް ވިދާޅުވެއެވެ. އަދި މިކަމުގައި ޝާމިލްވާ ބިދޭސީ ތިން އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ އެމީހުން ގެނެސް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް ޑީޕޯޓުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު