ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް

1 month ago

އަފްރާހް

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށް ހަމަޖެއްސައިފިއެވެ.


މިގޮތަށް ހަމަޖައްސަވާއިރު، މި މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން ހެލްތު މިނިސްޓްރޫގެ ދަށަށް ބަދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ.


ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 219 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.


ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އެތަނުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތައް އަނބުރާ އާއިލާތަކާއި ހަވާލުކޮށް، މުޖުތަމައުގައި އުޅެވޭނެ މަގުފަހިކުރުމަށް ފާއިތުވި 9 މަސް ދުވަހު މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.


އެގޮތުން ފަރުވާގެ ނިޒާމަށް ގެނެވެނު ބަދަލުތަކާއި، ތަނުގެ އިންފްރާސްޓްރަކްޗާއަށް ގެނެވުނު ބަދަލުތަކާއެކު، އެ މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 ފަރާތެއް ވަނީ އަނބުރާ އާއިލާއާއި ހަވާލުކުރެވިފައެވެ.


އެ މަރުކަޒަކީ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމަޢު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި، ޢާއިލާއާއި މުޖުތަމަޢުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ދަށުން ހިންގަވަމުން ގެންދެވި ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު