އެމްޑީޕީ އަކީ ބަޣާވާތް ކުރާބައެއް ނޫން: ފައްޔާޟު

1 month ago

އަފްރާހް

ޕީއެންސީގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން ފާހަގަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަމިއްލައަށް ބަޣާވާތެއް ކުރާތަން ފެންނަ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟު އިސްލާއީލް ވިދާޅުވެއްޖެއެވެ.


އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޟު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.


ރައީސް ވިދާޅުވެފައިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމި ނިންމުމަކީ އެ ބޭންކުގެ ތެރެއިން ހިންގި ބަޣާވާތެއް ކަމަށެވެ.


އެކަމަށް އިޝާރާތް ކުރައްވައި ފައްޔާޟު ވިދާޅުވީ ފެނިގެން އެ ދިޔައީ ރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލާ ވަރުގެ ކަމެއް ކަމަށެވެ. އަދި މާލީ ބަޣާވަތެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދެއްކެވުމަކީ ލަދުވެތިކަމެއް ކަމަށެވެ.


މީގެއިތުރުން އެމްޑީޕީއަކީ ބަޣާވާތްކުރާ ބައެއް ނޫން ކަމަށް ވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.


ފައްޔާޟު ވިދާޅުވީ އެއީ ރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް ކަމަށާއި ރާއްޖޭގެ ވެރިޔަކު، ދިވެހި ސަރުކާރަކުން ނުކުމެ މާލީ ބަޣާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކެވި ވާހަކައަކީ ދައްކަން ލަދުގަންނަވަރުގެ ވާހަކައެއް ކަމަށެވެ.


ހަމަމިއާއެކު މަގުމައްޗަށް ނުކުންނަން ޖެހޭނެ ހާލަތު އައިސްފި ކަމަށްވާ ނަމަ، އެމްޑީޕީން ނުކުންނާނީ ސަރުކާރު ޒިންމާދާރުކުރުވަން ކަންކަމުގެ ވާހަކަ ސަރުކާރަށް އިއްވައިގެން އެކަންކަން ބަދަލުކުރުވަން ކަމަށެވެ. އެހެންވީމާ ނާޒުކު ފައްތަރެއްގައި ތިބި ވަގުތެއްގައި އެމްޑީޕީން ވެސް މަސައްކަތް ކުރަނީ ލިބިފައި ހުރި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސަރުކާރަށް މެސެޖު ދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

އަލީ ރަޝީދު ވާދޫ

އެމްޑީޕީޔަކީ ގައުމު ވިއްކާ ރައްޔަތުން އަޅުންނަށް ހަދަންއުޅޭ ގައުމުގައި ހަމަނުޖެހުން އުފައްދާ ދީނުގެ ދުޝްމަނެއް ދީންފުނޑާލުމުގެ މަސައްކަތުގައި އެއްމެބުރަކޮއް އުޅެނީ ފައްޔާޒުގެ އާއިލާ ކޮބާލަދު

1 month ago