އިމިގްރޭޝަންގެ އޮޕަރޭޝަން މާލެ ސަރަހައްދުގައި މިއަދު ވެސް

1 month ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަން މާލެ ސަރަހައްދުގައި މިއަދު ވެސް ފަށައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހަރަކާތުގައި މާލެ ސަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އިމިގްރޭޝަންގެ 211 އޮފިސަރުން މި ހަރަކާތުގައި ބައިވެރިވާ ކަމަށެވެ. އަދި 52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އެދުމުގެ މަތިން އެ އިދާރާ އިން ވެސް މި އިންސްޕެކްޝަންގައި ބައިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ. އެގޮތުން މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެއެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ގަވާއިދަށް ފެއްތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ ގިނަ ބަޔަކު ކަމާއިގުޅޭ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ބައެއް ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ފުރުސަތުދެމުން ދާއިރު، ގިނަބަޔަކު ވަނީ ޑީޕޯޓު ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު