ޕާކިސްތާނުގެ ޔުނިވަރސިޓީއެެއްގައި ބެޗްލާރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު

1 month ago

އަފްރާހް

ޕާކިސްތާނުގެ ލާހޯރުގެ ބީކަންހައުސް ނެޝަނަލް ޔުނިވަރސިޓީން ބެޗްލާރސް ޑިގްރީ ހާޞިލުކުރުމުގެ 2 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ސްކޮލަރޝިޕުގައި ކިޔަވަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ބީ.އޭ (އޮނަރސް) އިންޓަރޑިސިޕިލިނަރީ އެސްކްޕޭންޑެޑް ޑިޒައިން އެންޑް އާރޓްސް (އައި.އީ.ޑީ.އޭ)، ބީ.އެފް.އޭ ވިޝުއަލް އާރޓްސް، ބެޗްލަރ އޮފް ޑިޒައިން ވިޝުއަލް ކޮމިއުނިކޭޝަން ޑިޒައިން ބެޗްލަރ އޮފް ޑިޒައިން ޓެކްސްޓައިލް، ފެޝަން އެންޑް އެކްސަސޮރީ ޑިޒައިން ހިމެނޭ ކަމަށެވެ.


މި ޕްރޮގްރާމްގައި ސްޕެޝިއަލައިޒް ވެވިދާނެ ދާއިރާތަކުގެ ތެރޭގައި ޓެކްސްޓައިލް އެންޑް ފައިބަރ، ފެޝަން، ޖުވެލްރީ އެންޑް އެކްސެސަރީސް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.


މި ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުރުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނަމަވެސް މި 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި އެހެން ފާހެއް ހާސިލުކޮށްފައިވުން ވަނީ ހިމަނާފައެވެ.


އެހެން ފާހެއްކަމުގައި ބަލާނީ CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނުވަތަ TOEFL 550 އިން ފެށިގެން މަތި ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


އިތުރު ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ވެސް ހިމެނެއެވެ. އަދި މި މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.


ހަމަމިއާއެކު މި ސްކޮލަރޝިޕްގައި ފުރިހަމަ ކުރަން އެދޭ ޕްރޮގްރާމަކީ، މިހާރު ހޯދާފައިވާ ސަނަދަށްވުރެން މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ކަމަށްވުމާއި، އެދޭ ފެންވަރުގެ ޕްރޮގްރާމެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ފަރާތެއްކަމުގައި ނުވުން ވެސް ހިމެނެއެވެ.


މި ސްކޮލަރޝިޕަށްއެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 28 އޮގަސްޓް ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.


ކިޔުންތެރިންގެ ހިޔާލު