އިޖްތިމާޢީ މައްސަލަތަށް ޙައްލުކުރުމާއި ގުޅޭ އެއްބަސްވުމެއް

1 month ago

އަފްރާހް

ރާއްޖޭގެ ބޮޑެތި އިޖްތިމާޢީ މައްސަލަތަށް ޙައްލުކުރުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އާ ދެމެދު ވެވުނު މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖެއަށް އަންނަ ސިޔާސީ ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ހާލަތަށް އަންނަ ބަދަލުތައް ދިރާސާ ކުރުމެވެ.


މީގެއިތުރުން ހަރުކަށި ފިކުރުތަކާއި އެފަދަ ވިސްނުން ގެންގުޅޭ މީހުންނާއި، ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަން ހިމާޔަތްކުރުމަށް އެޅުން މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން ދިރާސާކުރުމެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރުމެވެ.


އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ، އައިޝަތު ޝެހެނާޒް އާދަމެވެ. އެންސީޓީސީގެ ފަރާތުން އެ އިދާރާގެ ޑައިރެކްޓަރ-ޖެނެރަލް، ވައިސް ވަޙީދު އެވެ.


(އެމްއެންޔޫ އިން އަންނަނީ ތަފާތު އެކި ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރު ބޭފުޅުންނާއި އެކި މުއައްސަސާތަކާއި ގުޅިގެން ރާއްޖެއަށް ދިމާވާ ގޮންޖެހުންތަށް ޙައްލުކުރުމާއި ޤައުމުގެ ތަރައްޤީއަށް އަމާޒުކޮށް އެތައް ދިރާސާއެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު