އެމްޑީޕީ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން މޭ 28 ގަ

5 months ago

އަފްރާހް

އިދިކޮޅު ސިޔާސީ އެންމެބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން މޭ 28 ގައި ބޭއްވުމަށް ނިންމައިފިއެވެ.


އެ ޕާޓީން ބުނީ މި އިންތިހާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި ދެ ނައިބު ލީޑަރުންނާއި ސެކްރެޓަރީ ޖެނެރަލް އިންތިހާބުކުރާނެ ކަމަށެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ ނާއިބާއި ޗީފް ވިޕް އަދި ވިޕްގެ މަގާމަށް ދެ މެމްބަރުން އިންތިހާބުކުރާނެ ކަމަށް ބުނެއެވެ.


އެމްޑީޕީން ބުނީ މި މަގާމްތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޭ 27 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގެވުމަށް އެދޭ ކަމަށެވެ.


އެޕާޓީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މީހުން ހޮވުން މޭ 28 ގައި ބާއްވަން ނިންމާފައިވާއިރު، އެ ދުވަހަކީ އަލަށް އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށް ނިންމާފައިވާ ދުވަސް ވެސް މެއެވެ. މި ފަހަރުގެ މަޖިލީހަށް އެމްޑީޕީން އިންތިހާބުވެފައިވަނީ 12 މެމްބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު