އެމްއެންޔޫ އަދި އައިޔޫއެމް ދަރިވަރުން ޗައިނާއަށްކުރި ދަތުރުގައި ހަޔަރ އެޑިޔުކޭޝަނުން ބައިވެރިވެއްޖެ

2 hours ago

އަފްރާހް

ފްރެންޑްލީ އެކްސްޗޭންޖް ވިޒިޓް"ގެ ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ދަރިވަރުން ޗައިނާއަށް ކުރި ދަތުރުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެއެވެ.


މި ދަތުރުގައި، މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ ޑައިރެކްޓަރ، ފާތިމަތު ނީޒާއެވެ. ދަރިވަރުންގެ ތެރެއިން، އައިޔޫއެމްގެ 6 ދަރިވަރުން އަދި އެމްއެންޔޫގެ 6 ދަރިވަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 


މީގެއިތުރުން، އެމްއެންޔޫގެ 1 ލެކްޗަރަރ އަދި އައިޔޫއެމްގެ 1 ލެކްޗަރަރ ވެސް މި ދަރުރުގައި ބައިވެރިވަޑައިގަންނަވާފައިވެއެވެ.


އޮކްޓޫބަރ 15 އިން 21 ހަށް ކުރިއަށް ދިޔަ މިދަތުރަކީ ޗައިނާ އެންބަސީގެ ޚަރަދުގައި، ސެޗްވާން ޕްރޮވިންސްއަށް ކުރެވުނު ދަތުރެކެވެ. މި ދަތުރުގެ އަމާޒަކީ ދިވެހި ދަރިވަރުން ޗައިނާގެ ސަޤާފަތާއި އާދަކާތަކާއި މެދު ހޭލުންތެރިކުރުވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު