އެކްޓިންގ ދަސްކުރަން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުސަތެއް

2 hours ago

އަފްރާހް

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އެކްޓިންގ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.


އެމްއެސްޕީއޭ އިން އާންމުކޮށްފައިވާ ޕޯސްޓަރެއްގައިވާގޮތުން މި ވޯކްޝޮޕް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ ސުންގަޑިއަކަށް ހަމަޖައްސާފައިވަނީ ނޮވެމްބަރ 5 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ.


ސްޓޭޖާއި ފިލްމުތަކުގައި އެކްޓު ކުރުމާއި ގުޅޭ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 9986585 ނުވަތަ 7727264 އަށް އައިޑީ ކާޑު ވައިބަރ ނުވަތަ ވަޓްސްއެޕް ކުރުމަށް އެމްއެސްޕީއޭ އިން އެދިފައި ވެއެވެ.


އެމްއެސްޕީއޭ އިން 'އޮއިވަރު' އަށް ވިދާޅުވީ މި ވޯކްޝޮޕުގައި ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ. އަދި މުދައްރިބުންނަކީ އެކްޓިންގ ދާއިރާރާއްޖޭއިން ތަމްރީނު ހޯދައި، އެކަމުގެ ތަޖުރިބާކާރު ރާއްޖެއިން ބޭރުގެ ފަރާތްތައް ކަމަށް ވެސް ވިދާޅުވިއެވެ.


މި ވޯކްޝޮޕް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭ 8 ން 11 އަށް ކުރިއަށްގެންދާނީ އެންސީއޭ ގައި ކަމަށް ވެސް އެމްއެސްޕީއޭ އިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު