6 hours ago
ސައުުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސްގެ ދެ އެވޯޑެއް އެމްޕީއެލް އަށް ލިބިއްޖެއެވެ.
އެ ކުންފުންޏަށް މި އެވޯޑުތައް ލިބުނީ އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު އޮތް ސައުތު އޭޝިއަން ބިޒްނަސް އެކްސެލަސް އެވޯޑްސް ދިނުމުގެ ހަފްލާގައެވެ.
އެމްޕީއެލް އަށް ލިބުނީ "އިނޮވޭޓިވް ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޯމޭޝަން" އެވޯޑެވެ.
މިއީ އެމްޕީއެލްގެ ތާރީހުގައި ވެސް އެ ކުންފުންޏަށް "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޯމޭޝަން" އެވޯޑް ލިބުނު ފުރަތަމަ ފަހަރުކަމަށްވާއިރު، އެ އެވޯޑް އެ ކުންފުންޏަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވިޔަފާރި ފުޅާކުުރުމާއި އާމްދަނީ އިތުރު ކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި މުޅިން އައު ދާއިރާއެެއްގެ ގޮތުގައި ސީޓުއެއަރ ކާގޯގެ ހިދުމަތް ފެށުމާއި އުތުރުގެ މެރިޓައިމް ސަރވިސްގެ ހިދުމަތް ވެސް ތައާރަފްކޮށްފައެވެ.
"އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" ލިބުނީ ކުންފުނީގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ފާހަަކުރުމުގެ ގޮތުންނެވެ.
އެމްޕީއެލްއިން ބުނީ އެ ދެ އެވޯޑު ވެސް ލިބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމެއްގެ ކުންފުނިތަކާ ވާދަކޮށްގެން ކަމަށެވެ. އަދި މިއީ އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާކެޓެއްގައި ވިޔަފާރި ފުޅާކުރުމާއި، ތަރައްގީކުރުމާއީ ޒަމާނީ ކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަަގަކޮށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލްއަކުން ކުންފުނިތަކުގެ ޕާފޯމެންސް އިވެލުއޭޓް ކުރުމަށް ފަހު ދޭ އެވޯޑްތަކެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.