ގޮތް ނޭނގޭ މީހުންނާއެކީ ތަންތަނަށް ނުދިއުމަށް ފުލުހުން އިލްތިމާސް ކޮށްފި

5 months ago

އަފްރާހް

ހުޅުމާލޭ ފޭސް 2 ގެ އެޕާޓްމެންޓުތަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.


މިކަމާއިގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކިއެކި ވާހަކަދައްކައިގެން މީހުން އެޕާޓްމަންޓަށް ގެންދާ މައްސަލަ ބަލަމުން އަންނަކަމަށެވެ.


އެހެންވެ، ކާކުކަން ނޭނގޭ ނުވަތަ ގޮތްނޭނގޭ މީހުން މި ގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.


މި މައްސަލައާއި ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު، ފޭސް2 ގެ ބައެއް ޓަވަރުތަކުގައި ފިރިހެނުން 'ކިޑްނެޕް' ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ އެޗް5 ފްލެޓެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.


މީސްމީޑިއާގެ ބައެއް ޕޯސްޓުތަކުގައިވާގޮތުގައި އަންހެން ކުއްޖަކު، ފްލެޓު ސަރަހައްދުން އުމުރުން ދޮށީ ފިރިހެނުންނަށް ޓާގެޓް ކޮށް ވާހަކަ ދައްކަން ފެށި ކަމަށާއި އޭނާ ދިރިއުޅެމުންދާ ފްލެޓަށް ދިއުމަށް ދައުވަތު ދިން ކަމަށް ވބުނެފައި ވެއެވެ. އަދި ފްލެޓަށް ވަންނަ ހިސާބުން ފިލާ ތިބޭ ދެތިން ފިރިހެނުން ދޮރު ތަޅުލާކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު