ސަމާލުވާތި! ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

5 months ago

އަފްރާހް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޮސްވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުގަދަވާނެއެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި ވައި ގަދަވާނެއެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލާފާކުރައްވާފައިވާއިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރައްވައެވެ. އަދި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ މިއަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފަށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރައްވާފައެވެ. އެގޮތުން ޖުލައި، އޮގަސްޓް، އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އާންމު އެވްރެޖަށް ވުރެ މައްޗަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރައްވައެވެ.


އެހެންނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު