ގެއްލުނު ބޯޓު އެމްއެންޑީއެފް އިން ހޯދައިފި، އެންމެންގެ ހާލު ވެސް ރަނގަޅު

1 month ago

އަފްރާހް

ލ. ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ގެއްލުނު "އަކިރިސް" ނަމަކަށްކިޔާ ބޯޓު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތަރޑު ސްކޮޑްރަންއިން ހޯދައިފިއެވެ.


އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހު، ހަ ފަޅުވެރިން ހިމެނޭހެން 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 19:10 ހާއިރެވެ.


ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެ ދިވެހީންނާއި 12 ބިދޭސީން ހިމެނޭއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އިން މި ބޯޓު ހޯދާފައިވަނީ މިއަދު 08:50 ހާއިރު، މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށެވެ.


މި ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.


ކިޔުންތެރިންގެ ހިޔާލު