ގައުމު ބިނާކޮށް، އާރާސްތު ކުރެވޭނީ ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެން: މިނިސްޓަރ

1 month ago

އަފްރާހް

ގައުމު ބިނާކުރުމާއި އާރާސްތު ކުރެވޭނީ ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެންކަން ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރު ވަނީ އެކަން ހާސިލްކުރަން އެންމެން އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ވެސް އެ މިނިސްޓްރީން އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ސެކެންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރުވެސް މަދު ކަމަށާއި ޒަމާނުއްސުރެ ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު