ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް ކެންޕޭންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

1 month ago

އަފްރާހް

ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް ކެންޕޭނުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.


މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) ޕްރޮޖެކްޓް އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.


ކޮންމެ އަހަރެއްގެ ވެސް 12 އޮގަސްޓް އަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސްގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހުގެ މުނާސަބާގައި މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ އިން "ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް" ގެ ނަމުގައި ކެންޕޭނެއް ފަށާ، އޭގައި ބައިވެރިވެ އިނާމް ހޯދުމުގެ ފުރުސަތު ހުޅުވާލިއެވެ.


އެ މުއްދަތު މިއަދަށް ހަމަވާއިރު، ކެންޕޭންގައި ބައިވެރިވުމުގެ ފުރުސތު އިތުރު ފަރާތްތަކަށް ދިނުމުގެ މަޤްސަދުގައި، އެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހާއިހަމައަށް މިވަނީ އިތުރުކޮށްފައެވެ.


16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން، އެޒުވާނުންގެ ވާހަކަތައް އާމުންނާއި ހަމައަށް ގެނެސްދިނުމާއެކު އެ ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ގެންދާ މި ކެމްޕެއިން ގުރުއަތުން ފުރަތަމަ ހޮވޭ ފަރާތަކަށް ފޫޖީ ފިލްމް އިންޓެކްސް ވައިޑް 300 އިންސްޓެންޓް ކެމެރާ އެއް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އަންބަލަންގެ ޖްވެލްރީ ޑިޒައިން ކޯސް ލިބިގެންދާއިރު، ތިން ވަނައަށް ހޮވޭ ފަރާތަކަށް ބޮޑީ ޓެކް ޖިމްގެ 1 މަސްދުވަހުގެ މެމްބަރޝިޕް ލިބިގެންދާނެއެވެ.


މި އިނާމްތައް ހޯދުމަށް ކެންޕޭންގައި ބައިވެރިވުމަށް، އެޒުވާނަކު މަސައްކަތްކުރާ ދާއިރާއާއި މެދު ޝައުގުވެރިކަން އުފެދުނު ގޮތާއި، އެ ދާއިރާގައި މަސައްކަތްކުރަން ފެށުނު ގޮތާއި، އެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ އިތުރުން އެހެން ޒުވާނުނަށް ދޭން ބޭނުވާ މެސެޖަކީ ކޮބައިކަން ދޭހަވާގޮތަށް، 3 މިނެޓުގެ ވީޑިއޯއެއް (ޕޯޓްރޭޓް އޮރިއެންޓޭޝަންގައި) ނުވަތަ ޕްރެޒެންޓޭޝަނެއް (ފޮޓޯ ސްލައިޑްސް) ތައްޔާރުކޮށް، ތިރީގައިވާ އީ-މެއިލް އަށް ފޮނުވުމަށްފަހު މީރީގެ ސޯޝަލް މީޑިއާތަކަށް ފޮލޯ އަދި ޓެގް ކުރައްވައިގެން ބައިވެރިވެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު