ބަނޑިދޫގައި ޙާލު ކިހިނެއް ޕްރޮގްރާމް ފަށައިފި

1 month ago

އަފްރާހް

"ޙާލު ކިހިނެއް؟" ޕްރޮގްރާމު ދ. ބަނޑިދޫގައި ފަށައި އެ ރަށުގެ ގެތަކަށް ޒިޔާރަތްކޮށްފިއެވެ.


އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ކުރިއަށް ދާއިރު، ދ އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ މި ޕްރޮގްރާމު ފަށާފައެވެ.


މި ޕްރޮގްރާމަށް އެ އަތޮޅުގެ ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ވަނީ ފާހަގަކުރައްވާފައެވެ.


މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު