އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފި

1 month ago

އަފްރާހް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.


އެ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރެއްގެ މަސަައްކަތެވެ. އަދި ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެވެ.


މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މަސައްކަތްތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.


މީގެ އިތުރުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.


އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާއިރު ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އަލިބެ ހުޅުމާލެ

ތިޔަ މިނިސްޓްރީއިން އިސްލާމިކް އާއި ބެހޭ އެއްވެސް މަޝްރޫއެއް ކުރިޔަކަށް ނުގެންދާނެއެވެ. މުޅިން ހިންގާނީ ވިޔަފާރި އެވެ. ކޮންމެވެސް އޮފީސް އިމާރާތެއް ނޫނިއްޔާ ކުދިންތަކަކަށް ބޯންމެރޯ ހަދާދިނުން ފަދަ އެހެން މިނިސްޓްރީއެއްގެ މަސަައްކަތެވެ. ދެން އޮންނަ ދައުރަކަށް ކުރިމަތިލަނީ ތޯއްޗެކެވެ.

1 month ago