އުފާވެރި ރާސްތާ ޕްރޮގްރާމު ބަނޑިދޫގަ!

1 month ago

އަފްރާހް

ދ. ބަނޑިދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އުފާވެރި ރާސްތާ ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ.


އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެރަށުން ބޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ވުޒާރާ އިން މައުލޫމާތު ދެއްވައެވެ.


"އުފާވެރި ރާސްތާ" މި ޕްރޮގްރާމުގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން އިސްރަށްވެހިން ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުމެވެ.


އިސްރަށްވެހިން ޝާމިލުވާހެން ތަފާތު ހަރަކާތްތަކާއެކު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި އިސްރަށްވެހިންނަށް ހާއްސަ ލުއި ކަސްރަތުތަކާއި އިޖްތިމާއީ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދެވިފައެވެ. 


ކިޔުންތެރިންގެ ހިޔާލު