ޕީއެންސީ މެމްބަރުންނަށް ފައިސާ ނުބަހާނަމަ، ސަރުކާރުން ތުރުތުރެއް ނާޅާނެ: ރައީސް ޔާމީން

1 month ago

އަފްރާހް

އޮއްޓަރެއް ނެތް ޚަބަރެއް ޝާއިއުކުރުމާ ގުޅިގެން ފިޔަވަޅު އެޅުމަށްވުރެ، މާބޮޑެތި މައްސަލަ އެބަހުރިކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އަނެއްކާ ވެސް ސަރުކާރަށް ފާޑުކިޔުއްވައިފިއެވެ.


ޕީއެންއެފް އިން ސެޕްޓެމްބަރ 12 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުން އެ ކަންކަމަށް އެއްވެސް ޖަވާބެއްދޭން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.


އެމަނިކުފާނު ވަނީ ގާނޫނު އަސާސީގައި މަޖިލިސް މެންބަރުންނަށް ޚިޔާލުފާޅު ކުރުމުގެ ހައްގު ލިބިދީފައި އޮންނަގޮތަށް، ރައްޔިތުންނަށް ވެސް އެ ހައްގު އޮންނަނީ ލިބިދީފައިކަން ފާހަގަކުރައްވާފައެވެ.


ރައީސް ޔާމީން ވިދާޅުވީ ލައްކަ މީހުން ލައްކަ ވާހަކަ ދައްކާނެ ކަމަށާއި ބާޒާރު މަތީގައި ދައްކާ ހުރިހާ ވާހަކައެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ނަންގަނެވިއްޖިއްޔާ ފިޔަވަޅު އަޅަންވީތޯ ސުވާލު ކުރައްވާފައެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެ، ސަރުކާރަށް ފާޑު ކިޔުއްވާފައި މިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިސާދޭ ކަމަށް ބުނެ ދައުރުވާ ވާހަކަތަކާއި ގުޅިގެންނެވެ.


ރައީސް ޔާމީން ވިދާޅުވީ އެއީ ދޮގު ވާހަކައެއް ނަމަ، ސަރުކާރުން އެ ވަރަށް "ތުރުތުރެއް ނާޅާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު