ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ

1 month ago

އަފްރާހް

ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ އޮންނާނެކަމަށް ހާމަކޮށްފިއެވެ.


އެ ޕާޓީން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި މި ހަރަކާތް އޮންނާނީ މައްޗަންގޯޅި އާއި ގަލޮޅުގައެވެ. އެހެންނަމަވެސް އެ ހަރަކާތް ފަށާނެ ވަކި ގަޑިއެއް އަދިހާމައެއް ނުކުރެއެވެ.


ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޕީއެންސީން ވެރިކަމަށް އައުމަށްފަހު، އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް އެކި ދުވަސްވަރު ދަނީ ގެންދަމުންނެވެ.


މި ހަރަކާތުގެދަށުން އެޕާޓީގެ އިސްފަރާތްތައް މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެމްބަރުން އިތުރުކުރުމުގެ މަަސައްކަތް ކުރައްްވަމުންނެވެ.


އެގޮތުން ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ބައެއް އިސްފަރާތްތަކުން މިހާރުވެސް އެބައުޅުއްވައެވެ.


ކިޔުންތެރިންގެ ހިޔާލު