އިމާމުންގެ ގުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ ޕްރޮގުރާމެއް

1 month ago

އަފްރާހް

އިމާމުންގެ ގުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.


'ތަޙްސީނުއްތިލާވާ'ގެ ނަމުގައި މި ޕްރޮގްރާމު ފަށާފައިވަނީ މާލޭ ސަރަހައްދުގެ އިމާމުންނަށް ހުޅުވައިލައިގެންނެވެ. މި ޕްރޮގުރާމުގައި 17 އިމާމުން ބައިވެރިވެފައިވެއެވެ.


މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އަލްޤާރީ މުޙައްމަދު އަސްލަމާއި އައްޝައިޚް ނަސްރު ޢަލީއެވެ.


މިއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު