އިމާމުން ވާންޖެހޭނީ ނަމޫނާ ޝަޚުސިއްޔަތުތަކަށް: ޑރ. ޝަހީމް

1 month ago

އަފްރާހް

އިމާމުންނަކީ މުޖުތުމަޢުގެ އިސްލާމީ ލީޑަރުންކަމަށާއި އެއީ މުޖުތަމަޢުގައި ދިނީ ޝިޢާރުތައް ފާޅުކުރުމުގައި އިސްވާރުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަ އަތޮޅެއްގެ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމުގެ ގޮތުން އިމާމުންނާއި މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ އިމާމުންނާއި ކައުންސިލްތަކާއި ގުޅިގެން ރަށުތެރޭގެ ހަމަޖެހުން ގާއިމްކުރެވޭނެ ކަމަށެވެ. އަދި އިމާމުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ އެދިލައްވާފަވެ.


މީގެއިތުރުން އިމާމުން ވާންޖެހޭނީ ނަމޫނާ ޝަޚުސިއްޔަތުތަކަށް ކަމަށާއި އެހެން މީހުންނަށް ހެޔޮ އެދޭ، އިސްލާމީ ރިސާލަތު އުފުލާ ބަޔަކަށްކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚަށް ބަލާއިރު އިމާމުންނަކީ ވަރަށް މަތިވެރި އިހުތިރާމެއް ލިބިގެންވީ ބައެއްކަން ވަނީ ފާހަގަކުރައްވާފައެވެ.


އިސްލާމިކް މިނިސްޓަރު ވަނީ މި އިޙުތިރާމް އެގޮތުގައި ބޭއްވުމަށް ހުރިހާ އިމާމުން ވެސް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ތިޔަވިދާޅުވިގޮތަކަށްތިޔަކަމެއްނުވޭ އޮންލައިންކޮށްކޯސްހަދައޮ ފާސްނުވީމައި އެންމފަހުނަ ސެޓިފިކެޓުހޯދަނީ ރިސްވަތުދީގެން އެހައިއިރުހެތޮކޮށްޤުރުއާންކުޔވާކައްނޭންގޭ މިނިސްޓުރީއެފަދަކީސްތައްހަދާމީހުންގެފެންވަރެއްނުބަލާ ދެންވާނީކިހިނެއް

1 month ago

އިބުރާހިމް

އިމާމުންގެ ތެރޭގައި ތިމާވަރު މީހަކުނެތްކަމަށް ދެކޭ އިމާމުންނާއި، ސިހުރުހާހުރަޔަށް ސައްކުކުރުމާއި ދޭތެރެޖެއްސުމާއި، ޢިއްފަތްތެރިކަންނެތުމާއި، ވަގުތައް ބަންގި ގޮވަން އިހުމާލުވާ އިމާމުން ެުެުެުެުެުެުެުެެުެުެުެުެުެެުެުެުެުެުެުެުެެު ކޮންމެވެސް ވަރަަކަށް އުޅޭކަން ފާހަގަކުރެވޭ. އަދި ކުޑަކުދިންނާއި ދޮންދަރިންނާއިބެހޭ ބައެއް މުދިމުންވެސްއެބަތިބި..

1 month ago