ބޮޑު ޖަމާއަތްތަކުގެ ނަމާދުގައި ސުންނަތްވެގެންވާގޮތަކީ ކުރުސޫރަތް ކިޔެވުން: މިނިސްޓަރ

1 month ago

އަފްރާހް

ބޮޑެތި ޖަމާއަތްތަކުގެ ނަމާދުގައި ކުރުސޫރަތް ކިޔެވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްްވައިފިއެވެ.


އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ހުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވަމުންނެވެ.


އެމަނިކުފާނު ވިދާޅުވީ ބޮޑެތި ޖަމާއަތް ނަމާދުތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ. އަދި ޖަމާއަތުގައި ބަލިމީހުންނާއި އުޒުރުވެރިންނާއި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ވިއްސާރަވާ އިރު، ވިއްސާރައިގައި އަދި ގަދަ އަވިދޭ އިރު، އަވީގައި ވެސް ޖަމާއަތުގެ ބޮޑު ބައެއް އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ޤުހުވެރިކަމުގެ ތެރެއިންވާ ކަމެއްކަމަށެވެ.


އިސްލާމިކް މިނިސްޓްރީން މިހާރުގެންދަވަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ދަށުން 6 އަތޮޅެއްގެ 272 އިމާމުން ތަމްރީންކުރަން ފަށާފައެވެ.


މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މިސްކިތްތަކުގައި ދާއިމީ ގޮތެއްގައި އިމާމްވެ، ނަމާދުކުރާ ހުރިހާ އިމާމުން ވެސް ތާޒާކޮށް ނިންމުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު