3 months ago
ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހާމަކުރެއްވިނަމަވެސް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަނީ ކޮންދުވަހަކުކަމެއް އަދިހާމައެއް ނުކުރައްވައެވެ.
ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުޙައްމަދު ހަސަންއެވެ.
ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނިގެން ރިޕޯޓްކުރީ ސެޕްޓެމްބަރ 11، 2024 ވަނަ ދުވަހުގެ 08:17 ގައެވެ.
ރިޕޯޓު ލިބުމާއެކު އާންމުންގެ ވެސް އެހީތެރިކަމާއެކު އޭނާ ވަގުތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަނަމަވެސް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މުޙައްމަދު ހަސަންގެ މަރާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ގެންދަވަނީ ކުރައްވަމުންނެވެ.