ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް މާމިގިލީގަ

1 month ago

އަފްރާހް

ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް އދ. މާމިގިލީގައި ކުރިއަށް ގެންގޮސްފިއެވެ.


ސެޕްޓެންބަރު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގައި މާމިގިލީ މުއައްސަސާތަކުގެ 26 މުވައްޒަފުންނާއި ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 25 މުވައްޒަފުން ބައިވެރިވިއެވެ.


ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޓްރެއިންގގައި، ފުރަތަމަ އެހީ ދިނުމަކީ ކޮބައިކަމާއި ފުރަތަމަ އެހީ މީހަކަށް ނުވަތަ ބަޔަކަށް ދޭންޖެހޭ ހާލަތްތައް ކިޔައިދީފައިވެއެވެ. އަދި ފުރަތަމަ އެހީ ދިނުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެމީހާ ގެންދެވެންދެން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.


މީގެއިތުރުން، އެކިކަހަލަ އަނިޔާލިބިފައިވާ މީހަކާމެދު އެންމެ ފުރަތަމަ އަމަލުކުރާނެގޮތާއި ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް މީހާ ގެންދިއުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.


މި ޓްރެއިނިންގ ޕްރޮގްރާމްގައި ފުރަތަމަ އެހީ ދިނުމަށް ބައިވެރިންނަށް ދަސްކޮށްދިނުމުގެ ހަރކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.


މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގއާއި މާމިގިލި ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު