ބިއްލޫރި ޝީޓުތަކެއް ވެއްޓި ދެ ދިވެހީންނާއި ދެ ބިދޭސީން ޒަހަމް ވެއްޖެ

1 month ago

އަފްރާހް

ބިއްލޫރި ޝީޓުތަކެއް ވެއްޓި ދެ ދިވެހީންނާއި ދެ ބިދޭސީން ޒަހަމް ވެއްޖެއެވެ.


ފުވައްމުލަކު ސިޓީގައި ހިނގި މި ހާދިސާ އާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:32 ހާއިރު ކަމަށެވެ. އަދި އެ ހަތަރު މީހުންނަށް ވެސް ފަރުވާދިނުމަށް ފުވައްމުލަކު ސިޓީ ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށެވެ.


އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.


ފުލުހުން އިތުރަށް ވިދާޅުވީ އެ މައްސަލަ ބަލަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު