3 months ago
ހއ. މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އެ ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ސިޔާސީ އިދިކޮޅު މައިޕާޓީ އެމްޑީޕީ އާއި ޕީއެންސީންނެވެ.
މި ބައި އިލެކްޝަން ސެޕްޓެމްބަރ 14، 2024 ގައި ބޭއްވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދު އާއި ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސަައްތާރު ކުރި ހޯއްދެވީ 285 ވޯޓު، 250 ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާގޮތުގައި މި އިންތިހާބުގައި ވޯޓުލާފައިވަނީ 76 އިންސައްތަ މީހުންނެވެ.
އެރަށު ކައުންސިލުގެ ގޮނޑިއެއް ހުސްވީ ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި އަހުމަދު ރަމީޒް ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ. އެއީ މީގެ މަހެއްހާ ދުވަސްކުރިންނެވެ.
ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސަައްތާރު މި ބައި އިލެކްޝަންސް ކާމިޔާބުކުރުމާއިގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުލްޙަމީދު އަބްދުއްސައްތާރުއަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނު ވަނީ މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ވެސްޝުކުރު އަދާކުރައްވާފައެވެ.