ވެރިކަމަށް އައުމަށްފަހު ދޫވެފައި ހުރި ހުރިހާ އިސްކުރެއް ބާރު ކުރާނަން: އުމަރު ނަސީރު

1 month ago

އަފްރާހް

ވެރިކަމަށް އައުމަށްފަހު ދޫވެފައި ހުރި ހުރިހާ އިސްކުރެއް ބާރު ކުރައްވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ވިދާޅުވެއްޖެއެވެ.


"ދެން" އިން ސިލްސިލާކޮށް ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެދުވަހު މަސްތުވާ އެއްޗެހި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ވެސް ދެއްވާނެ ކަމަށެވެ. އަދި މަސްތުވާ އެއްޗެހި މަގުމަތީގައި ވިއްކާކަށް ވެސް ނޫޅެވޭނެ ކަމަށެވެ.


މީގެއިތުރުން މަގުތަމަތީގައި މަސްތުވާ އެއްޗެހި ވިއްކައިފިނަމަ، އެ އެއްޗެހި ވިއްކަން ދެވަނަ ދުވަހު އޭނާ ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލުކުރެވޭނީ އަމނިކުފާނަށް ކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ދެފަހަރަށް ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންފައިވާ އުމަރު ނަސީރު އިތުރަށް ވިދާޅުވީ މިވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެއްވެސް ވެރިއެއްގެ އެވަރުގެ ފަންވަރެއް ހުންނަތަން ނުފެންނަކަމަށެވެ.


ހަމަމިއާއެކު އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު, އަދި އަތް ކެނޑުންފަދަ އަދަބުތައް ދިނުމަށް ސަރުކާރުތަކުން ނުކުޅެދިފައިވަނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އުދުހޭ ކޮކާ

ޙައްލަކީ.ޢުމަރު......ކުރާނެ....ކެރޭނެ....ހިތްވަރު ހުންނާނެ..

1 month ago