ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނަށް: ރައީސް

1 month ago

އަފްރާހް

ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާ އެއްގޮތަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައެވެ.


މީސްމީޑއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.


ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މިސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިކުރުވުމަށްކަމަށް މީގެކުރިން ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


"މިސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓާ އިސްލާމްދީނަށް ނަޞްރުދޭން. އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުމަށް." ރައީސް މީގެކުރިން ވިދާޅުވެފައި ވެއެވެ.


ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ ކިބައިން ވެރިކަމުގެ ބާރު އޮންނަ އަދި ރައްޔިތުންގެ ބާރު ވެރިކަމުގައި ފުޅާގޮތެއްގައި އޮންނަ ޑިމޮކްރަސީ މިނިޒާމަށް ރާއްޖޭގައި ޢަމަލުކުރަމުން އަންނަތާ މިހާރުވަނީ 16 އަހަރު ފުރިފައެވެ. 


ކިޔުންތެރިންގެ ހިޔާލު