ޕާސްޕޯޓު ދޫކުރުން މިއަދުވެސް

1 month ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން މިއަދުވެސް ކުރިއަށްދާނެ ކަމަށް އެ އިދާރާ އިން ހާމަކުރައްވައިފިއެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ރަސްމީ ދުވަސްތަކުގައި ވެސް އެ ހިދުމަތް ދެމުންގެންދާ ގަޑިތަކުގައި މިއަދު ވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.


އެގޮތުން ޕާސްޕޯޓާއި ހަވާލުވާން ހެނދުނު 8:30 އިން ހަވީރު 5 ޖަހަންދެން ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެކަމަށް ވެސް ވިދާޅުވިއެވެ.


އިމިގްރޭޝަނުން ގެންދަވަނީ ސަރުކާރު ބަންދު ބައެއް ދުވަސްތަކުގައި ވެސް އެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.


މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަސް ކަމަށްވާތީއެެވެ.


ކިޔުންތެރިންގެ ހިޔާލު