ހުޅުމާލޭގައި ކެރޭނެއް ފުރޮޅާލައިފި

1 month ago

އަފްރާހް

ހުޅުމާލޭގައި ކެރޭނެއް ފުރޮޅާލައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިގެން އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.


މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ކެރޭނު ފުރޮޅާލާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި އެމްޕީއެލް ފްލެޓްތައް ކަރިންނެވެ.


މި ހާދިސާގައި ލިބުނު ގެއްލުމުގެ މައުލޫމާތު ވެސް މިހާތަނަށް ލިބިފައެއް ނުވާއިރު، މިއީ ކޮން މަސައްކަތެއްގައި ބޭނުންކުރަމުންދިޔަ ކެރޭނެއްކަމެއް ވެސް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު