އިމިގްރޭޝަންގެ ހާއްސަ އޮޕަރޭޝަން ކުރިއަށް، އިތުރު 3 ބިދޭސީން ހޯދައިފި

1 month ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ބިދޭސީން ދިރިއުޅޭ 5 ތަނެއް ބަލައި ފާސްކޮށްފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.


އިމިގްރޭޝަންގެ މި އޮޕަރޭޝަނަކީ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެކެވެ.


އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ މިމަހުގެ 12 ވަނަ ދުވަހު ވެސް ފަސް ގެއެއް ބަލާ ފަސް ބިދާސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައި، ދަނީ ފާސްކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު