ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަން ރައީސް ނިމުމަކަށް ގެންނަވައިފި

1 month ago

އަފްރާހް

ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމުމަކަށް ގެންނަވައިފި ކަމުގައި ޕީއެންސީން ބުނެފިއެވެ.


އެ ޕާޓީން މިފަދައިން ބުނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ޑިމޮކްރަސީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.


މަޑުމައިތިރިކަމާއެކު އެމަނިކުފާނު ގައުމީ މައްސަލަތަކާމެދު ތެދުބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ އިސްލާމީ އަޚުލާގުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް ޢަމަލުފުންނާއި ބަސްފުޅުން ދައްކަވަމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.


މީގެއިތުރުން އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި، ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ވެސް ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާކަމަށް ވަނީ ބުނެފައެވެ.


ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ އެމަނިކުފާނުގެ ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ކަމަށެވެ. އަދި ވަނީ ރާއްޖޭގެ ޑިމޮކްރަސީ އާއި ދައުލަތުގެ ހިންގުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދިވެހި ދައުލަތަކީ ކުރިއަރާފައިވާ ދައުލަތަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު

ފާ

ބަދަލހިފުނއިތުރައފުޅާތިކުރޭެ

1 month ago