ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ

1 month ago

އަފްރާހް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ހުޅުމާލެ ފޭސް 1 ން 2 އަށް އަރަން އޮންނަ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި މިއީ ސައިކަލަކާއި ލޮރީ އެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ.


މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށާއި މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ އަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


މިފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ ނިސްބަތް އިތުރުވާތީ، ފުލުހުން ގެންދަވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަަމަށް ހާއްސަކޮށްގެން އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު