އިސްދޫ ރައްޔިތުންނަށް މޫދު ކަސްރަތު ޕްރޮގްރާމް ހިންގައިފި

1 month ago

އަފްރާހް

ލ. އިސްދޫގެ ރައްޔިތުންނަށް "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފިއެވެ.


މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި އިސްދޫ ކައުންސިލާއި އިސްދޫ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.


އޮގަސްޓު 27 އިން ސެޕްޓެންބަރު 14 އަށް ހިންގި މި ޕްރޮގްރާމްގައި އެ ރަށުގެ 71 އަންހެނުން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން "ސިންތިމާ އެވޯޑް" އަދި "ހަށި ލުއި އެވޯޑް" ހާސިލުކުރި ފަރާތްތަކަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒްއެވެ.


މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ އެހެން ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 3، ފަސްޓް ލެފްޓިނެންޓް ރިފާޢު ޙުސައިންއާއި، އެސް 2، ލެފްޓިނެންޓް ފަސީޙަތު އުމައްޔާގެ އިތުރުން ލ.އިސްދޫ ކައުންސިލްގެ މެންބަރުންނެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެކެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމަކީ ވެސް މަގްސަދެކެވެ.


އިސްދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު