ތިން ބަހުރުވައިން މުހާތަބު ކުރާ ފުރަތަމަ ކޯލްސެންޓަރ އައިޔޫއެމްގަ

1 month ago

އަފްރާހް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި ތިން ބަހުރުވައިން މުޙާތަބުކުރާ ކޯލްސެންޓަރެއް ތަޢާރަފްކޮށްފިއެވެ.


މިއީ ތިން ބަހުރުވައިން މުޙާތަބުކުރާ ދރާއްޖޭގެ ފުރަތަމަ ކޯލްސެންޓަރެވެ.


އައިޔޫއެމް އިން ތަޢާރަތްކުރި މި ކޯލްސެންޓަރުގައި ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިން އަދި މައުލޫމާތު ހޯދުމަށް ގުޅުއްވާ އެހެނިހެން ފަރާތްތަކަށް މުޙާތަބުކުރާނެއެވެ.


މި ކޯލްސެންޓަރަށް ގުޅުއްވުމަށް އައިޔޫއެމްގެ ހޮޓްލައިން ކަމުގައިވާ 1405 މެދުވެރިކޮށް ގުޅޭނެއެވެ.


3 ބަހުރުވައިން މުޙާތަބުކުރާ ރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވީ މޯލްޑިވިސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ، ޝަރީފް މުޙައްމަދެވެ.


ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކަކީ ބޭރުގެ ދަރިވަރުން ތައުލީމް އުގެނުމަށް އަންނަ ތަންތަނަށް ހެނދުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެ މަންޒިލަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. 


މިގޮތުން މި ތައާރަފް ކުރެވުނު ކޯލްސެންޓަރގެ ސަބަބުން ވެސް އެކަންކަމަށް އިތުރު ބާރަކަށް ވާނެކަމާއިމެދު ޝައްކެއްނެތެވެ.


ކިޔުންތެރިންގެ ހިޔާލު

ކަނީރު

ޢަރަބި އެއީވެސް ބަހުރުވައެއް ތޯ އިނގެރޭސި ވެސް ބަހުރުވައެއް؟ ދިވެހި. ވެސް ބަހަކުން ބަހުރުވައަކަށް ބަދަލުވީބާ!

1 month ago