ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް ޖުޑީޝަރީ ކޮމެޓީގެ ރުހުން

1 month ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމަށް އަލްއުސްތާޛް ޢައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.


ހައިކޯޓުގެ ކުރީފެ ފަނޑިޔާރު އައްބާސް ޝަރީފް އާ އިންޓަރވިއު ކުރުމަށްފަހު، އޭނާ އަށް ވަނީ 93.91 އިންސައްތަ މާކްސް ދެއްވާފައެވެ. އަދި އައްބާސް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.


ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.


ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ގޮތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް، މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.


ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފް ވަނީ 2011 އިން 2015 ވަނަ އަހަރާއި ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު