ބަންކަރިންގ ހިދުމަތަށް މިހާރުވެސް ބުކިންގސް ދަނީ ލިބެމުން: އެސްޓީއޯ

1 month ago

އަފްރާހް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަގްވާމީ ބަންކަރިންގ ހިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ބުނެފިއެވެ.


އެ ކުންފުނިން ބުނީ މި ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ނިންމާފައި ކަމަށެވެ. އަދި ބަންކަރިންގ ހިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދޭނެކަަމަށް ބުންޏެވެ.


މީގެއިތުރުން މިހާރުވެސް ބައިނަލްއަގްވާމީ ބަންކަރިންގ ހިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަން ފާހަގަކޮށް އެސްޓީއޯ އިން ވަނީ މި ހިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ހިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަަމަށެވެ.


އެސްޓީއޯ އިން އިތުރަށް ބުނީ އާންމު ގޮތެއްގައި އިންޑިއަން ސަބް ކޮންޓިނެންޓް ބަންކަރިންގ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާ އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށެވެ.


އެސްޓީއޯ އިން އެންމެ ފުރަތަމަ ބަންކަރިންގ ހިދުމަތް ފޯރުކޮށްދިނުމަށް ރޭވިފަވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށް ކަމަށާއި މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށް ބުންޏެވެ. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯ އިންނެވެ. އެއީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީއެވެ.


"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނަރ އުފުލުމުގެ ގާބިލުކަން ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު