2 hours ago
މުދަލާއި ފައިސާގެ ދަހިވެތިކަމުގައި މީހުން ކަތިލަމުންދަނީ ﷲ އަށް ބިރެއްނެތި ކަމުގައި ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
މިއީ ޖަމިއްޔަތުއް ސަަލަފުން އިސްތިއުފާ ދެއްވުމަށްފަހު، މީސްމީޑިއާގައި ކުރެއްވި ފުރަތަމަ ޕޯސްޓެވެ.
އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މުދަލާ ފައިސާއާ މަގާމުގެ ދަހިވެތިކަމުގައި މީހުން ކަތިލަމުންދަނީ ﷲއަށް އެއްވެސް ބިރެއްނެތި ކަމަށެވެ. އަދި ހަމަ ކޮންމެ މީހަކާވެސް ﷲ ގެ އަދުލު އަރާހަަމަ ކުރާނެކަމަށެވެ.
Mudhalaai maqaamaai faisaage dhahivethi kamugai meehun "kathilamun" dhanee maai Allah ah kudakoh ves bireh nethi eve.
— Ali Rameez (@aliramyz) January 11, 2025
Hama komme meehakaa ves ekalaange adhulu araa hama kuraane dhuvaheh annaaneve.
ޢަލީ ރަމީޒު ސަލަފް ޖަމިއްޔާ އިން އިސްތިއުފާދެއްވާފައިވަނީ ފައިބެއަހަރިުގެ ޑިސެމްބަރ 21 ގައެވެ. އެހެންނަމަވެސް އަދާހަމަައަށް ވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އަލީ ރަމީޒު އެ ޖަމިއްޔާއިން އިސްތިއުފާދެއްވިއިރު، އޭނާ ގެންދެވީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރުއްވަމުންނެވެ.
އަލީ ރަމީޒަކީ އެ ޖަމިއްޔާ އުފެދުނީއްސުރެ، ދެގޮތެއް ނުވެ ހަރަކާތްތެރުވަމުން އަންނަ ފަރާތެކެވެ. އަދި ރާއްޖޭގައި ދީނީ އިލްމު ފަތުރުއްވައި، ކުދިންނާއި މީހުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސެވުމަށް އަވަދިނެތި، ބުރަކޮށް މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދެވި ފަރާތެކެވެ.