3 months ago
އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް އިއުލާނުކޮށްފިއެވެ.
މިއީ ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ މަގްސަދުގައި ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް އައު މަގުތަކެއް ހުޅުވި، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެ، ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެއެވެ.
މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަނަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކޯލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، ޢަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަރޝިޕް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
ޓެލެކޮމިއުނިކޭޝަނަކީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަށް ހަލުވި ކަމާއެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތެވެ. މި ސިނާއަތް ކުރިއަރަމުން އަންނައިރު، އެކަމަށް ބޭނުންވަނީ އިލްމީ އަދި އުފެދޭ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ތިބި ހުނަރުވެރި މަސައްކަތްތެރިންނެވެ.
ވިލާ ކޮލެޖާއެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕްމެދުވެރިކޮށް އުރީދޫގެ އަމާޒަކީ މި ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރުވުމެވެ. އިންޓަރންޝިޕް، ޓްރެއިނިންގ ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުދިންކަން ކަށަވަރުވެގެންދާނެއެވެ.
އުރީދޫ އަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔަރ އޮފް ދަ އިޔަރގެ ބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފައެވެ. ބައިނަލްއަގްވާމީ މި އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްފާހަގަކޮށްދޭ އެވޯޑެކެވެ.
ކުރިއެރުމާއި، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަދި ދެމެހެއްޓެނިވި އުނގެނުމަށް މަގުފަހިކޮށްދޭ މަސައްކަތްތަކަށް އިންވެސްޓްކޮށްގެން، އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް ކުރީ ސަފުގައި ފުރުސަތުތަކަށް މަގުފަހިކޮށްދެމުންނެވެ.