އެންމެފަހުގެ އައިފޯނަށް ޕްރީއޯޑަރ ކުރުމަށް އުރީދޫ އިން ހުޅުވާލާނީ މި މަހު 20 ގަ

1 month ago

އަފްރާހް

އެންމެފަހުގެ އައިފޯނަށް ޕްރީއޯޑަރ ކުރުމަށް އުރީދޫ އިން ހުޅުވާލާނީ މި މަހު 20 ގައި ކަމުގައި އެ ކުންފުނިން ހާމަކުރައްވައިފިއެވެ.


މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެ ފުރުސަތު ހުޅުވައިލާނީ 20 ސެޕްޓެމްބަރ ދުވަހުގެ ދަންވަރު 12 ޖަހާއިރު ކަމަށެވެ.


އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އައު އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗަރތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.


އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗަރސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.  


ކިޔުންތެރިންގެ ހިޔާލު