3 months ago
ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހަސަންގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.
އެ ސިޓީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުޙައްމަދު ހަސަންގެ ހަށިގަނޑު އެރަށު ފަޅުތެރެއިން ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ސެޕްޓެމްބަރ 11، 2024 ވަނަ ދުވަހުގެ 08:17 ގައެވެ. ރިޕޯޓު ލިބުމާއެކު އާންމުންގެ ވެސް އެހީތެރިކަމާއެކު އޭނާ ވަގުތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.
އެހެންނަމަވެސް ހޮސްޕިޓަލަށްގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަރްހޫމްގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު، ހުޅުމާލެ ސަހަރާގައެވެ.
އެ މަރާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ގެންދަވަނީ ކުރައްވަމުންނެވެ.