އިހަވަންދޫ ކައުންސިލަށް އެމްޕީއެލް އިން ކްރޭނެއް ހަދިޔާކޮށްފި

1 month ago

އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފިއެވެ.


އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކްރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.


އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ. މިއީ އެރަށު ކައުންސިލްގެ އެދުމަކަށް އެމް.ޕީ.އެލްއިން އެ ކައުންސިލަށް ހަދިޔާކުރި ކްރޭނެކެވެ.


އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ ކައުންސިލްތަކުން އެދޭ ކަންތައްތައް އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.


އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚް ވިދާޅުވީ ކްރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އެދެމުން، އެމް.ޕީ.އެލް އިން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާ ކަމަށެވެ. އަދި އެމް.ޕީ.އެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު