ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތަކާ ވަނީ ހިލާފުވެފަ: ނާޒިލް

1 month ago

އަފްރާހް

މި ސަރުކާރުން ވެރިކަމަށް އަންނަން ރައްޔިތުންގާތު ވީ ވައުދުތަކާ ހިލާފުވެފައިވާކަަމަށް އެމްޑީޕީން ބުނެފިއެވެ.


އެ ޕާޓީން މިފަދައިން ބުނީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.


އޭނާ ވަނީ އެއްވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގަންނަވަންވެގެން ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ވައުދާ ވެސް ހިލާފުވެ، އައްޑު ސިޓީ ފެނަކަ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.


މީގެއިތުރުން ޑޮލަރުގެ އަގު ވެސް ބޮޑުނުވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އެކަމަކު، ޑޮލަރެއް މިހާރު ލިބެނީ 18.90 ރުފިޔާއަށް ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު އިދިކޮޅުގައި މި ސަރުކާރުގެ ބޭފުޅުން ތިބިއިރު ރާއްޖޭގައި ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އެކަމަކު، އޭރު އެ ތިބި ބަޔަކު އަދިވެސް މި ރާއްޖޭގައި އެބަތިބި ކަމަށް ނާޒިލް ވަނީ ތުހުމަތުކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު

ނަންނި

ނާޒިލް ތިބޭފުޅާ ެިންތިހާބައް މަސައްކަތް ކުރެއްވި އިތު އަޅުގަޑުމެން ކުރިމަތީ ވީވަެުދުގެ ތެރެއިން އެއްމެ ވައުދެއްވެސް ފުއްދެވިއްޖެތޯ ސަރުކާރުން ރައްޔިތުންނައްވީ ވައުދު ނުފުއްދައޭ ތިކިޔަނީ ތީރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްނޫންނަމަ ރޮއްވާލާފަ މިއަދު ދޫކުރާނީ

1 month ago

ގަލްން

އަދި ވައުދުނުފުއްދިގެން އުޅޭވަރެއްނުވޭ އާސަރުކާރައް އަހަރެއްވެސްނުވޭ އަދި އެޅެނީ ނިމިދިޔަސަރުކާރު ހޭވިހަޑިން އަރާނުގަނެގެން ކެތްކުރޭ މަޑުމަޑުން ހުރިހާކަމެއްވެސް ރަގަޅުވާނީ

1 month ago

ކޮއްކޮ

ވައުދުފުއްދުނުސަރުކާރެއް އައިސްފައެއްނެތް

1 month ago