އެންމެފަހުގެ އައިފޯނަށް އުރީދޫ މެދުވެރިކޮށް މިހާރު ޕްރީއޯޑަރ ކުރެވޭނެ

1 month ago

އަފްރާހް

ދުނިޔޭގެ މާކެޓަށް ނެރުނު އެންމެފަހުގެ އައިފޯނަށް އުރީދޫ މޯލްޑިވްސް މެދުވެރިކޮށް މިހާރު ޕްރީއޯޑަރ ކުރެވޭނެއެވެ.


އެ ކުންފުނިން މި ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރ 20 ވީ ހުކުރު ދުވަހުގެ ރޭ ދަންވަރު 12 ޖެހިއިރުއެވެ.


އުރީދޫ އިން ހާމަކުރައްވާފައިވާ ގޮތުގައި އައިފޯން 16 ޕްރޯ އެއް 24،899 ރުފިޔާ އަށް ވިއްކާއިރު، އައިފޯން 16 ޕްރޯ މެކްސް އެއް ވިއްކަނީ 27،199 ރުފިޔާ އަށެވެ.


އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އައު އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗަރތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.


އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗަރސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.


އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ.


ކިޔުންތެރިންގެ ހިޔާލު