އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

3 weeks ago

އަފްރާހް

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ ހިތަދޫ، ބީޗް ރެސްޓް، ނާއިލާ ހަސަން ދީދީ އެވެ.


ނާއިލާގެ އާއިލާ މެންބަރަކާއި ހަވާލާދީ 'އައްޑޫ ލައިވް' ގައި ބުނެފައިވަނީ ނާއިލާގެ ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ މިއަދު ހެނދުނު 9 ން ފެށިގެން ކަމަށެވެ. އަދި އޭނާގެ ފޯނު ވެސް ނިއްވާލާފައި ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން މިހާރުހާމަކުރައްވާފައިވާ ގޮތުގައި ނާއިލާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2 ޖެހިއިރުއެވެ.


އެ އިދާރާ އިން ދާދިދެންމެ ވިދާޅުވީ ނާއިލާ ހަސަން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


މިފަހަކަަށް އައިސް އަނެއްކާ ވެސް މީހުން ގެއްލިގެން ހޯދާ ނިސްބަތް އިތުރުވެފައިވާއިރު، އެފަދަ މީހުން ހޯދުމަށް ފުލުހުން އިއުލާންކުރާާތާ މަދުވަގުކޮޅެއްގެ ތެރޭގައި ގިނަ މީހުން ދަނީ ފެންނަމުންނެވެ. އެހެންނަމަވެސް މީހުން ގެއްލެން މެދުވެރިވާ ސަބަބު އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު