ފަތުރުވެރިކަން ކުރިއެރުވުމަށް އިކޯ-ފްރެންޑްލީ ގޮތްތައް އިހުތިޔާރު ކުރޭ: އަދީބު

3 weeks ago

އަފްރާހް

ފަތުރުވެރިކަން މިހާރު އޮތްގޮތުން ގުދުރަތީ ވަސީލަތްތަކާއި ތިމާވެއްޓައް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގައު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ' އިންޑިއާޓައިމްސް' އަށް ލިޔުއްވި އާޓިކަލެއްގައެވެ.


އެ އާޓިކަލްގައި އަދީބު ވަނީ ތިމާވެއްޓަށް ގެއްލުންވުމާއެކު ފަތުރުވެރިކަމުގެ ސަބަބުން ބައެއް ގައުމުތަކުގެ އާންމު ދިރުއުޅުމުގެ ވައްޓަފާޅިއަށް އަސަރު ކުރާކަން ފާހަގަކުރައްވާފައެވެ.


އެގޮތުން ބައެއް ގައުމުތަކުގައި ގެންގެޅުމުން އަންނަ ސަގާފަތްތައް ނެތުމުގެ ބިރުވެސް އޮތްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ފަތުރުވެރިކަމާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާގައި ކުރި މުޒާހަރާތައް ފާހަގަކުރައްވާފައެވެ.


"ބާސެލޯނާ އަކީ އަހަރަކު އެތަށް މިލިއަން ޓޫރިސްޓުންނެއް ޒިޔާރާތް ކުރަމުން އަންނަ، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން އޮންނަ ސިޓީއެއް. އެހެންވެ، އެގައުމުގެ އާންމު ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް އަސަރު ކުރަމުންދޭ." އަދީބުގެ އާޓިކަލް ގައި ވެއެވެ.


އަދީބު އިތުރަށް ވިދާޅުވެފައިވަނީ އެ މުޒާހަރާތަކުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކުލީގެ އަގު އިންތިހާޔަށް އުފުލިފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި އެކަނި ވެސް ބާސެލޯނާގެ ގެތަކުގެ ކުލީގެ އަގު ވަނީ 18 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.


ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާ އަދި އެދާއިރާގެ ތަޖުރިބާ ވެސް ލިބިވަޑައިގެން ހުންނެވި އަދީބު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއިއެކު ޗުއްޓީ ހޭދަކުރުމުގައި އިކޯ-ފްރެންޑްލީ ގޮތްތައް އިހުތިޔާރު ކުރުމަށް ފަތުރުވެރިނަށް ބާރު އެޅޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން، ފަތުރުވެރިނަންނާއި އެ ފަރާތްތަކުން ޒިޔާރާތް ކުރާ ގައުމުތަކުގެ އާންމު ރައްޔިތުންނާއި މެދު މައްސަލަތަކެއް ނުޖެހި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ކަލޭރައްޔިތުންއަތުން ހަރާމްގޮތުގައި ކޭފައިސާއާއި ވީޚިޔާނާތުގެ ފައިސާ ދިވެހިރައްޔިތުންނަށްދީފައި ނޫސްތަކުގެ ސރުޚީތަކަށްއަރުއްވާ

3 weeks ago